ރައީސް ޔާމީން

ރައީސް ޔާމީން ގަވާއިދާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ބުނާ މައްސަލަތަކެއް ފުލުހުން ބަލަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގަވާއިދާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ދައުލަތުގެ އިދާރާތަކުން ހުށަހަޅާފައިވާ އެފަދަ މައްސަލަތަކެއް ފުލުހުން ބަލަމުންދާ ކަމަށެވެ.

ރައީސް ޔާމީން ގަވާއިދާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށް ވެސް އެ އިދާރާއިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން އެކަން ހާމަކޮށްފައިވާ އިރު، ރައީސް ޔާމީން އަންނަ ހޮނިހިރު ދުވަހުގެ މެންދުރުފަހު 2:00އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވައިފައެވެ.