ޚަބަރު

ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ލ. ގަމުން މީހަކު ހައްޔަރު ކޮށްފި

އައިދާ އަބްދުލް ހަކީމް

މަސްތުގެ ހާލަތުގައި ހުރެ ގެޔަކަށް ވަދެ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ލ. ގަމު ގެޔަކަށް މަސްތުގެ ހާލުގައި ހުރި މީހަކު ވަދެ 20 އަހަރުގެ އަންހެނަކާއި މެދު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި ކަމުގެ މައްސަލައެއް މިމަހުގެ 25 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން 28 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރުގެ ދަށުން މިއަދު ވަނީ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.