ތައިލެންޑުގެ ރީސާޗް އެންޑް އެޑިއުކޭޝަން ސެންޓަރެއް ކަމަށްވާ، ކިންގް މޮންކުޓް އިންސްޓިޓިއުޓް އޮފް ޓެކްނޮލިޖީ، ކޭއެމްއައިޓީއެލް އިން ރާއްޖެއަށް 10 މިނީ ވެންޓިލޭޓަރު ހަދިޔާ ކޮށްފި އެވެ.
ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި 10 މިނީ ވެންޓިލޭޓަރު ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފައިވަނީ ކޭއެމްއައިޓީއެލް އަދި ތައިލެންޑުގެ ސަރުކާރުން ގުޅިގެން ކަމަށެވެ.
ރާއްޖެއިން ތައިލޭންޑަށް ކަނޑައަޅާފައި ހުންނަ ސަފީރު، މުހައްމަދު ޖިނާހު މިިއަދު ހެނދުނު ކޭއެމްއައިޓީއެލް ގައި ބޭއްވި ހަފުލާއެއްގައި މި 10 ވެންޓިލޭޓަރާ ހަވާލުވެވަޑައިގެންފައިވާ ކަމަށްވެސް މި ޓުވީޓުގައި ވެއެވެ.
އެންމެ ފަހުން ސަރުކާރުން ހާމަކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު ރާއްޖޭގައި 129 ވެންޓިލޭޓަރު ހުއްޓެވެ.