ޚަބަރު

ކޮވިޑު ގިނަވާއިރު ކުޑަކުދިންގެ ފަޔާއި އަތުން ފެންނަ އަލާމާތްތައް ބޭހެއް ބޭނުން ނުކުރިޔަސް ރަނގަޅުވޭ

އައިދާ އަބްދުލް ހަކީމް

ކޮވިޑު 19 ގިނަވާއިރު ކުޑަކުދިންގެ ފަޔާއި އަތުން ފެންނަ އަލާމާތްތައް ބޭހެއް ބޭނުން ނުކުރިނަމަވެސް މަސްދުވަސް ތެރޭ ރަނގަޅުވާ ކަމަށް ފްރާންސްގައި ހެދި ދިރާސާ އަކުން ދައްކައިފިއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފްރާންސްގައި އެންމެ ފަހުން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުން ކޮވިޑް 19 ޖެހިފައިވާއިރު 55 ޕަސެންޓް ކުދިންގެ ގައިން ބަލީގެ އިތުރު ކަމެއް ނުފެންނަ ކަމަށެވެ.

މިހާތަނަށް 41 ޕަސެންޓް ކުދިންގެ ގައިން ހިރުވުމާއި، 32 ޕަސެންޓް ކުދިންގެ ގައިން ތަދު އިހްސާސް ވުމާއި، 40 ޕަސެންޓް ކުދިންގެ ގައިން ކެއްސުމާއި އަދި 9 ޕަސެންޓް ކުދިންގެ ގައިން ބޭރަށް ހިންގުމުގެ އަލާމާތް ފެނިފައިވާ ކަމަށް އެދިރާސާއިން ދައްކާކަމަށް ފައިސަލް ވިދާޅުވިއެވެ. އަދި އެއް ކުއްޖަކު ޕީސީއާރަށް ޕޮޒިޓިވް ވި ކަމަށެވެ.

ޑރ ފައިސަލް ކުރެއްވި ޓްވީޓް

"ވަން" އަށް މައުލޫމާތު ދެއްވަމުން ޑރ. ފައިސަލް ވިދާޅުވީ ރާއްޖެއިން މިބަލި ޖެހުނު އެއްވެސް ކުއްޖެއްގެ ގައިން މިފަދަ އެއްވެސް އަލާމާތެއް ފެނިފައި ނުވާކަމަށެވެ. އަދި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި ހުރިހާ ކުދިންގެ ހާލުވެސް ރަނގަޅުކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.