ރައީސް މުހައްމަދު ނަޝީދު

ކުރީ ސަރުކާރުގެ ހިޔާނާތާއި މަރުތަކުގެ މައްސަަލަތައް ބަލާނެކަމުގެ ޔަގީންކަން އިމްރާން ދެއްވި: މަޖިލިސް ރަައީސްް

އިބްރާހިމް ޒަކީ

1

ނިމިދިޔަ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަން އަދި މަރުތަކުގެ މައްސަލަތައް ކުރިޔަށް ގެންދެވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ކުރައްވާނެ ކަމަައް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި، ގެއްލިފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތަކާގުޅޭ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދަވާފައިވާ މަރު ކޮމިޝަނުން ކުރިޔަށް ގެންދާ ތަހުގީގުތަކަަށް ވީގޮތް އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަަލައެއްވެސް ހުށަހަޅައިފައެވެ

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށާއި 241 ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އީދުގެ ތަހުނިޔާ ދެންނެވުމަށް ހޯމް މިނިސްޓަރު އިމްރާނާ ގުޅުއްވި ކަމަށާއި، ކުރީގެ ސަރުކާރުގެ ކޮރަޕްޝަނާއި މަރުތަކުގެ ތަހުގީގު ކުރިއަށް ގެންދަން ކުރަން ޖެހޭ ކަންކަން ކުރައްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އިމްރާން ދެއްވި ކަމަށެވެ.

އެކަމަށްޓަކައި މިނިސްޓަރު އިމްރާނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟