ޚަބަރު

ލޮކްޑައުންގެ ހާލަތުގައި ނަގަންޖެހޭ ހުއްދަތައް ނުނަގައި މާލެއިން އޮމަދުއަށް ދިޔަ މީހަކު ހައްޔަރު ކޮށްފި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ލޮކްޑައުންގެ ހާލަތުގައި އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމަށް ނަގަން ޖެހޭ ހުއްދަތައް ނުނަގައި މާލެއިން އދ.އޮމަދުއަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މީހާ އޮމަދޫއަށް ގޮސްފައިވަނީ އިއްޔެ އެވެ. އަދި އެމީހާ ހަައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އެމީހާ ދަތުރު ކުރީ ސަރުކާރުގެ އެއްވެސް އިދާރާއަކުން ނަގަން ޖެހޭ ހުއްދަ ނުނަގައި ކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

ފުލުހުން ބުނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.