އަންނަ އަހަރު ބޭއްވުމަށް ހަމަޖައްސައިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީޚު އަންނަ އާދިއްތަ ދުވަހު އިއުލާން ކުރަން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް، "ވަން އޮންލައިން" އަށް ވިދާޅުވީ އާދިއްތަ ދުވަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ އިންތިހާބު ބާއްވާނެ ސީދާ ދުވަހެއް އިއުލާން ކުރައްވާނެ ކަމަށެވެ.
އަދި އިންތިހާބާ ގުޅިގެން ކުރިއަށް ހުރި ކަންތައްތަކާ ގުޅުންހުރި ތާރީހުތައް ވެސް އެ ބައްދަލުވުމުގައި ހިއްސާކުރައްވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
"އިރާދަކުރެއްވިއްޔާ އަންނަ މަޖިލީހުގެ އިންތިހާބަކީވެސް ރައްޔިތުން ބަލައިގަންނަ ފަދަ އިންތިހާބަކަށް ވާނެ،" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އަންނަ އަހަރުގެ އިންތިހާބު ބާއްވާނެ ދުވަހެއް މިހާރު ވަނީ ފައިނަލް ކޮށްފައި ކަމަށެވެ. އަދި އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑައަޅާފައި ވަނީ އިއްޔެ ބޭއްވި މެންބުންގެ ބައްދަލުވުމެއްގައި ކަމަށް އަކްރަމް ފާހަގަކުރެއްވި އެވެ.
މަޖިލީސް އިންތިހާބުގެ ދުވަސް ކައިރިވަމުން އަންނަ އިރު ސިޔާސީ ޕާޓީތަކުން އަންނަނީ އިންތިހާބަށް ވާން ޖެހޭ ތައްޔާރީތައް ވަމުންނެވެ.