މާލެ ސިޓީގެ ލޮކްޑައުންގެ ހާލަތުގައި އޮންލައިންކޮށް އުފަންދުވަހުގެ ސެޓްފިކެޓް ހެއްދޭނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި މާލެ ސިޓީ ލޮކްޑައުންގެ ހާލަތުގައި އުފަންވާ ކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓް ހެދުމަށް އެ ކައުންސިލްގެ ވެބްސައިޓު މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އެގޮތުން މި ވެބްސައިޓު މެދުވެރިކޮށް އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމަށް ހުށަހަޅާ މީހުންނަށް ވަގުތީ ސެޓުފިކެޓެއް ދޫކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. އަދި މި ވަގުތީ ސެޓިފިކެޓު ބޭނުން ކުރެވޭނީ ލޮކްޑައުންގެ ހާލަތު އުވާލަންދެން ކަމަށް އެ ކައުންސިލުން ބުނެފައި ވެއެވެ.
މީގެ އިތުރުން ދާއިމީ (އަސްލު) އުފަންދުވަހުގެ ސެޓިފިކެޓް ލިބޭނީ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމަށް ހުށަހަޅަ ފޯމާއެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔެކިޔުންތަކުގެ އަސްލާއި ވަގުތީ ގޮތުން ދޫކުރި ސެޓްފިކެޓު ކައުންސިލަށް ހުށަހެޅުމުން ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.