ވަން ރެސިޕީ

ވަން ރެސިޕީ: ޗޮކްލެޓް މިންޓް މިލްކް ޝޭކް

އަލީ ޔާމިން

ޗޮލްކެޓް އެކުލެވޭ ބުއިންތަކަކީ ދިވެހިންނަށް ވަރަށް ކަމުދާ ބުއިންތަކެކެވެ. އެގޮތުން ތިރީގައި މިވަނީ ޗޮކްލެޓް މިންޓް މިލްކްޝޭކް ހަދާނެ ގޮތާއި އެއަށް ބޭނުންވާނެ ތަކެއްޗެވެ.

ބޭނުންވާނެ ތަކެތި:

3 ސްކޫޕް ވެނީލާ އައިސްކްރީމް

1 ޖޯޑު ކިރު

1 ސައިސަމްސާ މިންޓް ސިރަޕް

ވިފްޑް ކްރީމް

2-3 ޗޮކްލެޓް ސޭންޑްވިޗް ކުކީސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ވެނީލާ އައިސްކްރީމް، ކިރު، މިންޓް ސިރަޕް އަދި ޗޮކްލެޓް ސޭންޑްވިޗް ކުކީސް މިކްސަރު ތެރެއަށް އެޅުމަށް ފަހު ރަނގަޅަށް ގިރާލާށެވެ. ރަނގަޅަށް ގިރައި، ތައްޓަށް އެޅުމަށް ފަހު ގާނިޝް ކުރުމަށް ވިފްޑް ކްރީމް ތަށީގެ މައްޗަށް އަޅާލާނީއެވެ. ޗޮކްލެޓް މިންޓް މިލްކްޝޭކް ބޭނުންކުރުން އެންމެ ރަނގަޅީ ފިނިކޮށްލައިގެންނެވެ.