ވަން ރެސިޕީ

ވަން ކިޗަން: ކްރީމް އޮފް ލެންޓިލް

މި ރޯދަ މަހަށް ހާއްސަކޮށްގެން ވަން ކިޗަންގެ ނަމުގައި މި ގެނެސްދޭ ލިޔުންތަކުގައި ކޮންމެ ދުވަހަކު އާ ރެސިޕީއެއް ގެނެސްދެވޭނެއެވެ.

ވަން އޮންލައިން އަދި ސޯލައިޓް ރެސްޓޯރަންޓް ގުޅިގެން ގެނެސްދޭ ވަން ކިޗަންގެ ރެސިޕީތައް ތައްޔާރު ކޮށްދެނީ އެ ރެސްޓޯރެންޓުގެ އެގްޒެކެޓިވް ޝެފް ޕްރަދީޕް ނިޝާންތައެވެ. މިއަދުގެ ވަން ކިޗަން އަށް ހޮވާލެވިފައި ވަނީ ކްރީމް އޮފް ލެންޓިލް ރެސިޕީއެވެ.

ބޭނުންވާނެ ތަކެތި:

1 ޖޯޑު ރަތް މުގު
1 ޖޯޑު ފެން
1 ޖޯޑު ފިޔާ (ކޮށާފައި)
1 މޭޒުމަތީސަމުސާ ލޮނުމެދު (ގާނާފައި)
1 ޖޯޑު ޓޮމާޓޯ (ކޮށާފައި)
1 ޖޯޑު ކެރެޓު (ކޮށާފައި)
3 މޭޒުމަތީސަމުސާ އޮލިވް އޮއިލް
1 ސައިސަމުސާ ދިރި
1 ޖޯޑު ކުކިންގް ކްރީމް
1 މޭޒުމަތީސަމުސާ ސިލާންޓްރޯ (ކޮށާފައި)
ކުޑަ ލުނބޯހުތްކޮޅެއް، ލޮނު އަދި އަސޭމިރުސް.

ތައްޔާރުކުރާނެ ގޮތް:

ފުން ތަވައެއްގައި ތެޔޮކޮޅެއް ހޫނުކުރުމަށްފަހު ފިޔާ، ލޮނުމެދާއި ދިރި އެއްކޮށް، ފިޔާކޮޅު ހަރުވެލަންދެން މީރުކޮށްލާށެވެ. ޓޮމާޓޯ، ކެރެޓު، ސިލާންޓްރޯ އެއްކޮށްލުމަށްފަހު 4 މިނިޓުވަންދެން މީރުކޮށްލާށެވެ. މީގެތެރެއަށް މުގުކޮޅު އަޅާލައި 1 ޖޯޑު ފެން އެޅުމަށްފަހު ކައްކާލާށެވެ. މުގުތައް މަޑުވަންދެން ކެއްކުމުން، އުނދުން މަތިން ބޭލުމަށްފަހު ކުޑަކޮށް ހިހޫވުމުން މިކްސަރަކުން ހިމުން ކޮށްލާށެވެ.
މިކްސަރުން އެއްކުރުމަށްފަހު އަނެއްކާވެސް ތަވާގެ ތެރެއަށް އަޅައިލުމަށްފަހު ކުކިންގް ކްރީމް، ލުނބޯހުތްކޮޅެއް އަދި ލޮނާއި އަސޭމިރުސްކޮޅެއް އަޅައިލުމަށްފަހު އެއްކޮށްލާށެވެ. ތައްޔާރުކުރެވުނު ސޫޕްކޮޅު ވަކީން ތައްޓަކަށް އަޅައިލުމަށްފަހު މައްޗަށް ސިލާންޓްރޯ އަދި ފިޔާކޮޅެއް އަޅާލައި ގާނިޝްކޮށްލާށެވެ.