ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 152 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.
މި މީހުން ފޮނުވާލާފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
މޯލްޑިވިއަން އިން ކުރި ޓުވީޓެއްގައި ބުނީ މި މީހުން ފޮނުވައިލީ ކޮވިޑް 19 އާ ގުޅިގެން ފޮރިން މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީއާއި އަދިވެސް ކަމާ ގުޅުން ހުރި މުއައްސަސާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ތެރެއިން ކަމަށެވެ.
މި 152 މީހުން ފުރުވައިލުމުން، ރާއްޖޭން ބަންގްލަދޭޝަށް ފޮނުވައިލެވުނު މީހުންގެ އަދަދު މި ވަނީ 688 އަށް އަރައިފަ އެވެ.
ކޮވިޑް 19 ފެތުރުން ކުޑަ ކުރުމަށްޓަކައި ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ބިދޭސީންގެ ތެރެއިން ހާލުގައި އުޅޭ މީހުން އަނބުރާ ގައުމަށް ފޮނުވާލުމާއި އަދި ގިނަ މީހުން އެއްތަނެއްގައި ދިރިއުޅޭ ނަމަ، ވަގުތީ ފެސިލިޓީތަކަށް ގެންދިއުން ހިމެނެއެވެ.