ވަން ރެސިޕީ

ވަން ރެސިޕީ: ދޮންކެޔޮ މިލްކްޝޭކް

އަލީ ޔާމިން

ދޮންކޭލަކީ ވަރަށް ފަސޭހައިން ލިބެން ހުންނަ މޭވާއެކެވެ. ދޮންކެޔޮ ބޭނުންކޮށްގެން އެކި ކަހަލަގެ ބުއިންތައް ތައްޔާރުކޮށްލެވޭނެއެވެ. އެގޮތުން ތިރީގައި މިވަނީ ދޮންކެޔޮ މިލްކްޝޭކް ހަދާނެ ގޮތާއި އެއަށް ބޭނުންވާ ތަކެއްޗެވެ.

ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

250 އެމްއެލް ސެމީ ސްކިމްޑް ކިރު

1 ސްކޫޕް ވެނީލާ އައިސްކްރީމް

2 ދޮންކެޔޮވަށް (ކުދިކޮށް ކޮށާފައި)

50 އެމްއެލް ވިޕްޑް ކްރީމް

ޕިންޗް ސިނަމަން

ހިއްކާފައިހުރި ދޮންކެޔޮ ފޮތި

1 ޗެރީ

ތައްޔާރުކުރާނެ ގޮތް

ކިރާއި ވެނީލާ އައިސްކްރީމް އަދި ދޮންކެޔޮ މިކްސްޗަރަށް އަޅައި ރަނގަޅަށް ގިރާލާށެވެ. އެއަށް ފަހު ގިރިތަކެތި ތައްޓަކަށް އަޅާނީއެވެ. ދެން އޭގެ ތެރެއަށް ވިޕްޑް ކްރީމް އާއި ޕިންޗް ސިނަމަން އަޅާނީއެވެ. އޭގެ ފަހުގައި ހިއްކާފައިހުރި ދޮންކެޔޮ ފޮއްޗާއި، ޗެރީ ތަށީގެ މަތީގައި އަތުރާލުމަށްފަހު ސާވް ކުރާށެވެ.

ދޮންކެޔޮ މިލްކްޝޭކް ބޭނުން ކުރުން އެންމެ ރަނގަޅީ ފިނިކޮށްލުމަށް ފަހުގައެވެ.