ޚަބަރު

ސިއްހީ ހިދުމަތްތެރީންނަށް ފަސޭހައިން ރަޖިސްޓްރީ ވެވޭނެ އިންތިޒާމު އައިޖީއެމްއެޗުން ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

ހިދުމަތުގައި މި މިވަގުތު ނެތް ސިއްހީ ހިދުމަތްތެރީންގެ އެހީއަށް އެދި، އެމީހުންނަށް ފަސޭހައިން ރަޖިސްޓްރީ ވެވޭނެ އިންތިޒާމު އައިޖީއެމްއެޗުން ހަމަޖައްސައިފިއެވެ.

އައިޖީއެމްއެޗުން ކުރި ޓްވީޓެއްގައި ބުނީ ސިއްހީ މާހިރުން މި މަސައްކަތުގައި ބައިވެރި ވުމަށް އެދި އެމީހުންގެ އެހީ އަށް ގޮވައިލާކަމަށެވެ. އެގޮތުން މަސައްކަތަށް ނިކުންނަށް އެދޭ ފަރާތްތަކުން އޮންލަންކޮށް ފޯމު ފުރައިދިނުމަށް އެހޮސްޕިޓަލުން ވަނީ އެދިފައެވެ.

ސިއްހީ އެހީތެރިން ރަޖިސްޓްރީ ވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމުގެ ލިންކް ---

މީގެ އިތުރުން ޑެންޓަލް އަދި ނަރުސްކަން ކިޔަވަމުން އަންނަ ދަރިވަރުންގެ އެހީއަށްވެސް އައިޖީއެމްއެޗުން ވަނީ އެދިފައެވެ. މި ދަނޑިވަޅުގައި އެންމެން އެކުގައި މަސައްކަތްކޮށް މިބަލިން އަރައިގަނެވޭނެ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

ޑެންޓަލް އަދި ނަރުސްކަން ކިޔަވަމުން އަންނަ ދަރިވަރުން ފުރިހަމަ ކުރަންޖެހޭ ފޯމުގެ ލިންކް ---

މީގެ ކުރިން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް ވަނީ ކޮވިޑް އާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މިހާރު ހިދުމަތުގައި ނެތް ސިއްހީ އެހީތެރިންގެ އެހީ މިދަނޑިވަޅުގައި ބޭނުންވާނެ ކަމަށާއި އެހެން ކަމުން އެފަރާތްތަކުން މަސައްކަތަށް ނިކުމެދެއްވުމަށް އެދިވަޑައިގެންފައެވެ.