ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހޮ ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.
ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ގެމަނަފުށީގައި ބޭއްވި މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ގެމަނަފުށިން ފުރާވަޑައިގަތުމުގެ ކުރިން ވަނީ އެރަށުގައި ބަހައްޓާފައިވާ ބޮޑު ގަޑި އިފްތިތާހް ކޮށްދެއްވައިފައެވެ.
މަސްވެރިންގެ ދުވަހުގެ ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ގެމަނަފުއްޓަށް ފުރާވަޑައިގަތީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައެވެ.