މަސް މާރުކޭޓުން މަސް ޑެލިވަރީކޮށްދޭން ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނީ، މަސް މާރުކޭޓް ހިންގާ ފަރާތްތަކުން މާރުކޭޓް ސާފުކުރުމުގެ މަަސައްކަތް އިއްޔެ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މަސް ޑެލިވާކޮށްދޭ ފަރާތްތަކަށް ޑެލިވަރީ ފާސްތައް އިއްޔެ ދޫކުރެވިފައިވާ ކަމަށެވެ.
ނަމަވެސް މަސް ޑެލިވަރީ ކުރުމަށް ދޫކޮށްފައިވަނީ ކިތައް ފާސްކަމެއް ސިޓީ ކައުންސިލުން ބުނެފައެއް ނުވެއެވެ.
މިއަދު ރަސްމީކޮށް މަސް މާރުކޭޓުން މަސް ޑެލިވާކޮށްދިނުމުގެ ހިދުމަތް ފެށި އިރު، މިއަދުވެސް ވަނީ އެތައް ޑެލިވަރީއެއް ކޮށްދީފައެވެ.
މާލެ ލޮކްޑައުންކުރުމާއެކު މަސް މާރުކޭޓުވެސް ބަންދުކުރިއެވެ. ލޮކްޑައިންގެ މުއްދަތުގައި މާލޭގައި ދިރިއުޅޭ ރައްޔިތުން މަސް ގަންނަމުން ދިޔައީ މަސްވެރިކަން ކުރާ ބައެއް އޮޑިދޯނިފަހަރުންނާއި، މަހުގެ ބާވަތްތައް ވިއްކާ ފިހާރަތަކުންނެވެ.