ޚަބަރު

ހައިވޭގައި ދެ މީހަކު އެކްސިޑެންޓުވެ ދެމީހަކަށް އަނިޔާވެއްޖެ

އަހުމަދު ޖައިޝަން

ސިނަމާލެ ބްރިޖާ ހުޅުމާލެއާ ގުޅޭ ހައިވޭގައި ރޭފަތިހު ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާ ލިބިއްޖެ އެވެ.

އެ ދެ މީހުންނަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް އެމީހުން ގެންގޮސްފައިވާއިރު ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަަންދަ ކޮމްޕެނީން ބުނެފައިވަނީ އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭފަތިހު ކަމަށެވެ.

އާސަންދަ ކޮމްޕެނީން ބުނެފައިވަނީ އެކްސިޑެންޓުވެފައި ވަނީ ލ. ކަލައިދޫގެ 36 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އެ ކުންފުނިން ބުނީ މިހާރު ދެމީހުން އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެކްސިޑެންޓާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެއެވެ.