ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިއީ އާންމުސިއްހަތަށް ފަރުވާތެރިވެ ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވާން ލިބުނު ވަގުތުކޮޅެއް: ރައީސް

މަރިޔަމް ޝަހުދާ

1

ކޮވިޑު 19 އާއި ގުޅިގެން އަޅުގަނޑުމެންނާ ކުރިމަތި މިވީ ހާލަތަކީ، ތިމާވެއްޓާ ރައްޓެހި، އާންމުސިއްހަތަށް ފަރުވާތެރިވެ ފަހަށް ރައްކާކުރުމުގެ އާދައަށް އަހުލުވެރިވާން ލިބުނު ވަގުތުކޮޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ

ކޮވިޑް 19 އާ ގުޅޭގޮތުން ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ދަނޑިވަޅުގައި ނުރަނގަޅު އެތައް ކަމެއް ހިނގަމުންދާ ކަމަށާއި މިއީ އެކަންކަން އިސްލާހު ކުރަން ލިބޭ ފުރުސަތެއް ކަމަށް ބަލަން ޖެހޭ ކަމަށެވެ.

އެގޮތުން ލިބިފައިވާ ވަގުތުގެ ބޭނުން ހިފައި ދިރިއުޅުން ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ބައްޓަން ކުރުމަށް ރައީސް ނަސޭހަތްތެރިވިއެވެ. އަދި މިއީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް އިސްނަގަން އެކަށޭނެ ވަގުތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި ދަނޑިވަޅަކީ މުޅި އިގުތިސާދު އާރާސްތުކުރުމުގެ އިތުރުން ފަހަށް ރައްކާ ކުރުމުގެ އާދައަށް އަހުލުވެރިވުމަށް ލިބޭ ވަރަށް މުހިއްމު ވަގުތު ކޮޅެއް ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާއިރު، މި ބަލި ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުމުގެ ސަބަބުން މާލެ ސިޓީ ލޮކްޑައުންގައި އޮންނަތާ މިހާރު މިވަނީ 30 ދުވަހަށް ވުރެ ގިނަ ދުވަސް ވެފައެވެ. އަދި ލޮކްޑައުންގެ ސަބަބުން އެންމެންގެ އާންމު ދިރިއުޅުމުގައި ގެންގުޅޭ ގިނަ އާދަތަކެއް މިވަނީ ބަދަލު ކުރަން ޖެހިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟