ޅ.އަތޮޅުގައި ހިންގަމުން އަންނަ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ގިފްޓް ޝޮޕުގެ ގުދަނުގައި އަލިފާން ރޯވެ އެތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ ކުރެއްދޫ ރިސޯޓުގައި އަލިފާން ރޯވެ އެކަމުގެ ރިޕޯޓް ލިބިފައިވަނީ ރޭގެ 00:48 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އެ ގުދަނުގައި ވަރަށް ބޮޑަށް ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
ނަމަވެސް އެ ހާދިސާގައި ލިބިފައިވާ ގެއްލުންތަކުގެ ސީދާ މައުލޫމާތެއް ނުލިބެއެވެ.
އެމްއެންޑީއެފެން ބުނީ އަލިފާނުގެ ހާދިސާ ހިނގައިގެން ނޮދަން އޭރިއާ ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ރޭ ފަތިހު 04:00 ހާއިރު ވަނީ އަލިފާން އެއްކޮށް ނިއްވާލާފައި ކަމަށެވެ.