ޚަބަރު

ޕެންޝަން އޮފީހުގެ ނަމުގައި ދައުރުވަމުންދާ މެސެޖުތަކަކީ އެ އޮފީހުން ފޮނުވާ މެސެޖުތަކެއް ނޫން!

ޕެންޝަން އޮފީހުގެ ނަމުގައި ދައުރުވަމުންދާ މެސެޖުތަކަކީ އެ އޮފީހުގެ ފަރާތުން ފޮނުވާ މެސެޖުތަކެއް ނޫން ކަމަށާއި އެ މައްސަލަ ކަމާ ބެހޭ މުއައްސަސާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ފެންޝަން އޮފީހުގެ ނަމުގައި ގިނަ ބަޔަކަށް ވަނީ މެސެޖުތަކެއް ލިބިފައެވެ. އެ މެސެޖުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ބޭރުގެ އަސްކަރިއްޔާ އޮތުމަށް ދިވެހިން ދެކޮޅު ކަމަށާއި އެކަމަށް ދިވެހިން އަޑު އުފުލަން ޖެހޭ ކަމަށެވެ.

"އެމްޕީއޭއޯގެ ނަމުގައި ދައުރުވަމުންދާ އެސްއެމްއެސްތަކަކީ ޕެންޝަން އޮފީހުގެ ފަރާތުން ފޮނުވަމުންދާ މެސެޖުތަކެއް ނޫނެވެ. ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މިކަން ބަލަމުންދާ ވާހަކަ ދެންނެވީމެވެ..،" އެކަމާ ގުޅޭގޮތުން ޕެންޝަން އޮފީހުން ބުންޏެވެ.