ޚަބަރު

ރާއްޖޭން ބޭރުގައި ތިބެގެން ޕާސްޕޯޓް އާކުރަން ހުށަހަޅައި އޮންލައިންކޮށް ފައިސާދެއްކޭނެ ގޮތް ހަމަޖައްސައިފި

އައިދާ އަބްދުލް ހަކީމް

ކޮވިޑް 19އާ ގުޅިގެން މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓު އާކުރަން ހުށަހަޅައި އޮންލައިންކޮށް ފައިސާދެއްކޭނެ ގޮތް އި މިގްރޭޝަނުން ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ މިހާލަތުގައި ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓަށް އެދުމަށް އެޕްލިކޭޝަން ހުށަހަޅާނީ [email protected] އަށް ކަމަށެވެ.

އެޕްލިކޭޝަން ފުރިހަމަ ނަމަ، ޕޭމަންޓް ލިންކް އީމެއިލް ކުރާނެ ކަމަށާއި އަދި ފައިސާ ދައްކާތާ 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ނެގޭނެ ގޮތުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ވަނީ ލޮކްޑައުންގެ ކުރިން ވިސާ ޖެހުމަށް އެ އިދާރާއަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ދޫކުރަން ފަށައިފައިވާކަން އިއުލާނުކޮށްފައެވެ.

އިމިގްރޭޝަންގެ ޓުވީޓު