ޚަބަރު

ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ފޯނު ނަމްބަރު ބަދަލުވެފައިވާ މީހުން އެކަން އަންގައިދޭން އެދިއްޖެ

އައިދާ އަބްދުލް ހަކީމް

ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ގުޅޭނެ ފޯނު ނަމްބަރު ބަދަލުވެފައިވާ މީހުން އިސްލާމިކް މިނިސްޓްރީ އަށް އެކަން އަންގައިދިނުމަށް އެދިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީ އިއްޔެ ބުނީ ފަގީރުންގެ ލިސްޓުގައި ނަން ނޯޓުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ބައެއް މީހުން ދީފައިވާ ނަންބަރުތަކަށް ނުގުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ނަންބަރު ބަދަލުވެފައިވާ ފަރާތްތަކުން ވީހާވެސް އަވަހަށް އެމައުލޫމާތު އެމިނިސްޓްރީއަށް އަންގައިދިނުމަށް ވަނީ އެދިފައެވެ. އެގޮތުން އެމިނިސްޓްރީގެ ނަންބަރު 3020209، 3020285 އަށް ގުޅައި އެކަން އަންގައިދިނުމަށް ވަނީ އެދިފައެވެ.

އިސްލާމިކް މިނިސްޓްރީގެ ޓްވީޓް

މިއަހަރު މުޅި ރާއްޖޭއިން ފަގީރުންގެ ގޮތުގައި 8764 މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު، މާލެއިން 1717 މީހަކު ރަޖިސްޓްރީ ވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީގެ ޓްވީޓް