އާންމު ގޮތެއްގައިވެސް ބުޅަލުގެ ވީޑިއޯތަކަކީ ވަރަށް ލޯބި އަދި މީހުން ގަޔާވާ އެއްޗެއްކެވެ. ބައެއް ވީޑިއޯތަކުގައި އުޅޭ ބުޅާތައް މަޖާ ކަންކަން ކުރާއިރު، އަނެއްބައި ވީޑިއޯތަކުގައި އެއެއްޗެހީގެ ހުނަރު ފެނިގެންދެއެވެ. މިފަދަ ވީޑިއޯތައް ނިކަން އަވަހަށް ވައިރަލް ވެގެންވެސް ދެއެވެ.
މިއީވެސް މިގޮތަށް ވައިރަލްވެފައިވާ ވީޑިއޯއެކެވެ. ޔޫޓިއުބު ވީޑިއޯހަދާ މީހެއް ކަމަށްވާ ކްރިސް ޑިކްސަން ޓުވިޓަރުގައި ހިއްސާކޮށްފައިވާ، ބުޅަލުގެ މި ވީޑިއޯއިން ގިނަ ބަޔަކުވަނީ އަޖައިބު ކޮށްލައިފައެވެ.
ވީޑިއޯގައި ފެންނަނީ ގޯލަށް ބޯޅަ ޖަހާ ކޮންމެ ފަހަރަކު ބުޅާ އެ ބޯޅަ މަތަކުރާ މަންޒަރެވެ. ބޯޅަ ގޯލަށް ވަނުން ހުއްޓުވަން ބުޅާ އެކި ހުނަރު ބޭނުން ކުރާ މަންޒަރު މި ވީޑިއޯއިން ފެނިގެންދެއެވެ.
އޭނާ ބުޅަލަށް ދީފައިވާ ނަމަކީވެސް މަގުބޫލު ޖަރުމަނު ގޯލްކީޕިރު މަނުއަލް ނާޔާރުގެ އަށް ނިސްބަތްކޮށް މިއޯނިއެލް ނާޔާރުއެވެ.
މި ބުޅަލުގެ މޮޅު ގޯލްކީޕިން ހުނަރު ފެނިގެންދާ ޔޫޓިއުބް ވީޑިއޯ މިހާތަނަށް ފަސް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލައިފައެވެ. އަދި ބުޅާ ދެކެ ލޯބިވާ މީހުންނާއި ފުޓްބޯޅައިގެ ފޭނުންނަށްވެސް މި ވީޑިއޯ ވަނީ ވަރަށް ކަމުގޮސްފައެވެ.