އަލީ ޔާމިން
އައްޑޫ ސިޓީ ހިތަދޫގައި ރޭ ދަންވަރު ހިންގި މާރާމާރީއެއްގައި ދެމީހަކަށް އަނިޔާވެގެން ހިތަދޫގައި ހުންނަ އިކިއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ހިތަދޫގައި ރޭ ދަންވަރު ހިންގި މާރާމާރީއެއްގައި ދިވެހި ދެ ފިރިހެނަކަށް އަނިޔާވެގެން ހިތަދޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު ރޭ 2:30 ހާއިރު ލިބިފައިވާ ކަމަށެވެ.
ނަމަވެސް މި މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި މި މާރާމާރީގައި ވަނީ ޒުވާނަކަށް ކަތިވަޅިން ހަމާލާދީފައެވެ.