ޚަބަރު

ޗައިނާގެ ކުންފުންޏަކުން ރާއްޖޭގައި 22 ދުވަސްތެރޭ ބިދޭސީންނަށް ލޭބާ ކުއާޓަރެއް ހަދައިދީފި

މަރިޔަމް ޝަހުދާ

ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން ކުންފުނިން 22 ދުވަސްތެރޭގައި، ރާއްޖޭގައި އުޅޭ ބިދޭސީންނަށް ލޭބާ ކުއާޓާއެއް ހަދައިދީފި އެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭންގް ލީ ޖޮންގް ވަނީ މި މަސައްކަތް ކުރިއަށް ދިޔަ ގޮތުގެ ޓުވީޓެއް ރީޓުވީޓު ކުރައްވައިފައެވެ.

މި ޓުވީޓުގައި ލޮންގް ވިދާޅުވީ 800 އެނދުގެ މި ލޭބާ ކުއާޓާ ނިންމާފައިވަނީ 22 ދުވަހުން ކަމަށެވެ. އަދި މި ލޭބާ ކުއާޓާގައި 84 ފާހަނާ އަދި ފެންވަރާ ތަންތަން ހުންނާނެ ކަމަށާއި އެއްފަހަރާ 175 މީހުންނަށް ކާން ތިބެވޭނެ ޖާގައަކާއި ބަދިގެއެއް ވެސް ހުންނާނެ ކަމަށް ވިދާޅުވި އެވެ.

މި ލޭބާ ކުއާޓާ ހަދާފައިވަނީ ހުޅުމާލެ ފޭސް ދޭއްގައެވެ.