ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

އޮޅުވާލައިގެން ގަރާޖުސިޓީ ހައްދައިފައިހުރި ނަމަ ވެހިކަލުގެ ރަޖިސްޓްރީ ބާތިލުކުރަން ނިންމައިފި

7

އޮޅުވާލައިގެން ގަރާޖު ސިޓީ ހައްދައިގެން ރެޖިސްޓްރީކޮށްފައި ހުންނަ ވެހިކަލްތަކުގެ ރެޖިސްޓްރީތައް ބާތިލުކުރަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފި އެވެ.

މިހާރު ކުރިޔަށްދާ ޕްރެސްކޮންފަރެސްގައި މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ އޮޅުވައިލައިގެން އެއް ގަރާޖެއްގެ ނަމުގައި އެތައް ވެހިކަލެއް ރަޖިސްޓްރީކުރުމުގެ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށާއި އެފަދަ ކަންކަން ބެލުމަށް މިނިސްޓްރީގެ ފަރާތުން މޮނިޓަރިން ޓީމުތައް ވަރަށް އަވަހަށް ނުކުންނާނެ ކަމަށެވެ.

"އެކަން ބެލުމަށް ފަހު މައްސަލަތައް ހުރި ވެހިކަލްތަކުގެ ރަޖިސްޓްރީ އަޅުގަނޑުމެން ބާތިލުކުރާނަން." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ މި ފަދަ މައްސަލަތަކުގައި ޓްރާންސްޕޯޓު އޮތޯރިޓީގެ މުވައްޒަފުންގެ ބައިވެރިވުން އޮތް ނަމަ އެކަންވެސް ވަކި މީހަކަށް ބެލުމެއް ނެތި ތަހުގީގުކުރައްވައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟