ޚަބަރު

މާޅޮސް މަޖުދީ އަވަހާރަވެއްޖެ

ޖުމްހޫރީ ޕާޓީގެ އިސްލާމިކް ކޮމެޓީގެ ޗެއާ މުހައްމަދު މަޖުދީ އިބްރާހީމް އަވާހަރަވެއްޖެއެވެ.

މަޖުދީ އަވަހާރަވެފައި ވަނީ ކުއްލި ގޮތަކަށް ނޭވާލުމަށް އުނދަގޫވެގެން އައިޖީއެމްޗްގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ. އަވަހާރަވީ އިރު މަޖުދީގެ އުމުރަކީ 56 އަހަރެވެ.

މަޖުދީއަކީ މިހާރު އަމަލުކުރާ ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. މީގެއިތުރުން އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ މުދީރުގެ މަގާމުގެ އިތުރުން މާޅޮހު ސްކޫލްގެ ހެޑްމާސްޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފައެވެ.

މަޖުދީގެ ކަށު ނަމާދު އޮތީ މިއަދުގެ އަސުރު ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައެވެ.