ޚަބަރު

އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވައިލެވޭ ބިލު މަޖިލީހުން ފާސްކޮށްފި

އަހުމަދު ޖައިޝަން

އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވައިލުމުގެ ބާރު، ރެޖިސްޓްރާ އޮފް ކޮމްޕެނީސްއަށް ލިބިދޭ ގޮތަށް ކުންފުނީގެ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވި އެ އސްލާހު މަޖިލީހުން ފާސްކޮށްފައި ވަނީ މިއަދުގެ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.

އިގްތިސޯދީ ކޮމިޓީން ދިރާސާ ކުރުމަށް ފަހު ފާސްކުރުމަށް މަޖިލީހަށް ހުށަހެޅިއިރު ކޮމިޓީން އެބިލަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.

އަބްދުލްޣަފޫރު ވިދާޅުވީ އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ މިދިޔަ 22 އަހަރުގެ ތެރޭގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އަހަރީ ފީ ނުދެއްކުމާއި އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ އަހަރީ ރިޕޯޓާއި އޮޑިޓަރުންގެ އަހަރީ ރިޕޯޓު ހުށަނާޅައި ހުރި ކުންފުނިތަކުގެ އަދަދު 7،000 އަށްވުރެ އިތުރުވާތީ އެއަށް ހައްލެއް ގެނައުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ އަހަރީ ފީ ނުދެއްކުމުގެ ސަބަބުންނާއި ރިޕޯޓް ހުށަނޭޅުމުގެ ސަބަބުން ކުންފުނިތައް އުވާލެވޭނެ އެކަށީގެންވާ ނިޒާމެއް މިވަތު ރާއްޖޭގައި ގާއިމުކޮށްފައި ނެތް ކަމަށެވެ.