ޚަބަރު

2017 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ދީފި

މުހައްމަދު އައުޒަމް

2017 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ދީފިއެވެ.

މި އެވޯޑް ދީފައިވަނީ ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި މިދިޔަ އަހަރު އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އެވޯޑް ހާސިލްކުރި ނޫސްވެރިންނަށް އެވޯޑް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ބޭއްވި ޖަލްސާގައެވެ.

މިދިޔަ އަހަރުގެ އެންމެ އުއްމީދީ ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައިވަނީ އަވަސް އޮންލައިންގެ ނާޒިމް ހަސަން އެވެ.

ފީޗާ ލިޔުމުގެ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައިވަނީ "މިހާރު"ގެ އާމިނަތު ޝިފްލީން އެވެ.

ސިޔާސީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައިވަނީ "އަވަސް"ގެ މޫސާ ރަޝީދެވެ.

ކުޅިވަރުގެ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައިވަނީ "މިހާރު"ގެ އައްޒާމް އަލިފުޅާއި "އަވަސް"ގެ ހުސައިން ހަބީބަށެވެ.

ވިޔަފާރި އާއި އިގްތިސާދުގެ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައިވަނީ "މިހާރު"ގެ އަބްދުﷲ ޖަމީލް އެވެ.

ޝަރުއީ އަދި ގާނޫނީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައިވަނީ "މިހާރު"ގެ މުއިއްޒު އިބުރާހީމް އެވެ.

އިޖުތިމާއީ ދާއިރާ އިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައިވަނީ އެވޯޑް ހާސިލްކުރީ "މިހާރު"ގެ އަހުމަދު ސާއިލް އަލީ އެވެ.

ވީޑިއޯ ޖާނަލިޒަމް އެވޯޑް ހާސިލްކުރީ ޗެނަލް 13ގެ އާމިނަތު ލަޔާލް މަނިކެވެ.

ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އިން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑް ހާސިލްކޮށްފައިވަނީ ރާއްޖެ އެމްވީގެ މުހައްމަދު ޝަރުހާން ވަހީދެވެ.

މިޖަލްސާގައި ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން އަށް ބޭފުޅަކަށް އަދި ރަން ގަލަން ނުވަ ބޭފުޅަކަށާއި ނޫސްވެރިކަމުގެ އަލިމަސް ގަލަން ލިބިވަޑައިގަތް އަށް ބޭފުޅަކަށް ވެސް ވަނީ އެވޯޑް ދީފަ އެވެ.