ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު އައްޑޫ ސިޓީއަށާއި ފުވައްމުލަކަށް ކުރައްވާ ދުތުފުޅެއްގައި ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި ނައިބު ރައީސް ފައިސަލް ނަސީމުގެ މިދަތުރުފުޅުގައި އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ހުރި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ.
ނައިބު ރައިސް މިއަދު އައްޑޫ ސިޓީއަށާއި ފުވައްމުލަކަށް ވަޑައިގެންނެވި އިރު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރީންގެ ދުވަހުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ގެމަނަފުށްޓަށް ފުރާވަޑައިގެންފައެވެ.