ވަން ރެސިޕީ

ވަން ރެސިޕީ: ޗޮކްލެޓް މޫސް

އަލީ ޔާމިން

ޗޮކްލެޓް އެކުލެވޭ ބާވަތްތަކަށް ގިނަ ދިވެހިން ލޯބި ކުރެއެވެ. އެގޮތުން ތިރީގައި މިވަނީ ޗޮލްކެޓް މޫސް ތައްޔާރު ކުރާނެ ގޮތާއި އެއަށް ބޭނުންވާނެ ތަކެއްޗެވެ.

ޗޮކްލެޓް މޫސް ތައްޔާރުކުރަން ބޭނުންވާނެ ތަކެތި:

200 ގްރާމް އައިސިން ޝުގާ

1/2 ޖޯޑު ހޫނު ފެން

15 ގްރާމް ޖެލެޓިން ޕައުޑާ

5 ކުކުޅު ބިސް

25 ގްރާމް ކޮކޯ ޕައުޑާ

250 އެމްއެލް ވިޕް ކްރީމް

1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ، ހޫނު ފެނުފޮދުގައި ޖެލަޓިން ފައުޑާކޮޅު ގިރާލާނީއެވެ. ދެން އެހެން ތައްޓެއްގައި ބިހާއި އައިސިން ޝުގާ 10 ވަަރަކަށް މިނެޓުވަންދެން ގިރާލާނީއެވެ. އެއަށް ފަހު އޭގެ ތެރެއަށް ޖެލަޓިން، ކޮކޯ ޕައުޑާ، ވެނީލާ އެސެންސާއި ވިޕް ކްރީމް އަޅައިގެން 15 މިނެޓުވަންދެން ގިރާނީއެވެ. ދެން ފްރީޒަރަށް ލައިފައި ބައިގަޑިއިރު ވަންދެން ބެހެއްޓުމަށް ފަހު ނަގައި ސާވްކުރާނީއެވެ.