މަސްވެރީންގެ ދުވަހުގެ ރަސްމިިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު މެންދުރުފަހު ގެމަނަފުށްޓަށް ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނުގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހު ހާއްސަ ރަސްމިއްޔާތު ގެމަނަފުށީގައި ބޭއްވުމަށް ނިންމާފައިވާކަން ހާމަކުރައްވައި ރައީސް ސޯލިހު އއ. އުކުޅަހުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މަސްވެރިންގެ ދުވަސް ވަކި ރަށެއްގައި ފާހަގަކުރި ނަމަވެސް އެދުވަހަކީ ވަކި ރަށަކަށް ޚާއްސަ ދުވަހެއް ނޫން ކަމަށެވެ.
މަސްވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހެވެ. މިދުވަސް ސަރުކާރުން ރާއްޖޭގައި އަބަދުވެސް ކުލަގަދަކޮށް ފާހަގަކުރެއެވެ.