ވޭތުވެ ދިޔަ އަހަރެކޭ އެއްފަދައިން، މިއަހަރު ވެސް އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެފި އެވެ.
އުރީދޫން ބުނީ، އެމް ފައިސާ މެދުވެރިކޮށް އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 6.00 އާހަމައަށް ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި ކޮވިޑް 19އާ ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތުގައި ރައްކާތެރިކަމާއެކު ގޭގައި ތިބެގެން ޑިޖިޓަލް ހިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ.
އުރީދޫން ބުނީ، ޒަކާތް ދެއްކުމުގެ އިތުރުން ކެންސަރު ސޮސައިޓީ، މޯލްޑިވްސް ޑެފް އެސޯސިއޭޝަން، ކުޑަކުދިންގެ ހިޔާ އަދި ފިޔަވަތި އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ވެސް ފޯރުކޮށްދެވޭނެ ކަމަށެވެ.
އެމް-ފައިސާގެ އެހެނިހެން ހިިދުމަތްތަކުގެ ތެރޭގައި ކައްކާ ގޭހަށް އޯޑަރުކޮށް ފައިސާދެއްކުން، އުރީދޫ ބިލްތަކުގެ އިތުރުން ކަރަންޓު އަދި ފެން ބިލަށް ފައިސާ ދެއްކުން، ރެސްޓޯރަންޓްތަކާއި ފިހާރަތަކަށް ފައިސާ ދެއްކުމުގެ އިތުރުން އާއިލާ އާއި ރައްޓެހިންނަށް ފައިސާ ފޮނުވޭނެ އެވެ.
ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެ އެވެ.