ޚަބަރު

ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި ވާދަ ނުކުރެވޭ ގާނޫނު ބާތިލުކުރުމުގެ ބިލު ބަލައިގެންފި

އަހުމަދު ޖައިޝަން

ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެނޑިޑޭޓުން އަމިއްލަ ގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުތަކުގައި ވާދަ ނުކުރެވޭ ގޮތަށް އޮތް އޮތުން އިސްލާހުކުރުމަށް މަޖިލީހަށް ހުށަހެޅި ބިލު ބަލައިގެންފިއެވެ.

ދިއްދޫ ދާއިރާގެ މެމްބަރު ހުށަހެޅި އެ ބިލު މަޖިލީހަށް ބަލައިގެންފައިވަނީ މިއަދު ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ ތެރެއިން 36 މެމްބަރުންގެ ވޯޓާ އެކުގައެވެ. އެ ބިލު ބަލައިގަތުމާ ދެކޮޅަށް 19 މެންބަރެއް ވަނީ ވޯޓު ދެއްވާފައެވެ.

ޕާޓީތަކުގެ ޕްރައިމަރީތަކުގައި ބައިވެރިވެ އޭގެން ބަލިވުމުން އަމިއްލަގޮތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓުގައި ވާދަ ނުކުރެވޭނެ ގޮތަށް މަޖިލީހުން ފާސްކޮށްފައިވަނީ 23 ނޮވެމްބަރު 2016 ގައެވެ.

ލަތީފް ވިދާޅުވީ އެ ބިލް ހުށަހެޅީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ސަރުކާރުގައި ޕްރައިމެރީން ބަލިވާ ކެނޑިޑޭޓުންނަށް އެހެން ގޮތަކަށް އިންތިހާބުތަކުގައި ކުރިމަތި ނުލެވޭ ގޮތަށް ފާސްކޮށްފައި ވާތީ އެ އިސްލާހު ބާތިލުކުރުމަށް ކަމަށެވެ.