ޚަބަރު

އައްސޭރި ޖަލުގައި ކޮވިޑް 19 އަށް ރެންޑަމް ސާމްޕަލް ނަގައިފި

އައިދާ އަބްދުލް ހަކީމް

ރާއްޖޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ރެންޑަމް ސާޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.

ކަރެކްޝަންސް އިން ބުނީ އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ގައިދީންގެ ތެރެއިން 25 މީހެއްގެ ސާޕަލް އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 12 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ އިއްޔެ ނެގި 37 ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވައިލެވޭ ބަޔަކު ކަމަށާއި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިންވެސް ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ސާމްޕަލް ނަގައިފައިވާ ކަމަށެވެ.

މި މަހުގެ 14 ވަނަ ދުވަހު މާފުށީ ޖަލުން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފައެވެ.