ޚަބަރު

ޑީސަލުން ޑިއުޓީ ކަނޑާލައިފި

ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑައިލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކޮށްފައިވަނީ ކޮމިޓީން ދިރާސާކުރި ގޮތަށް ބަދަލެއް ނުގެނެސް ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.

ޑީސަލުން ޑިއުޓީ ކަނޑައިލަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އެވެ. އެކި އެއްޗެހިން ނަގަމުން އަންނަ އިމްޕޯޓު ޑިއުޓީ ކަނޑައިލި ނަމަވެސް އޭގެ ހަގީގީ ފައިދާ ރައްޔިތުންނަށް ކުރާނޭ ފަދަ ގޮތަކަށް ކަމާ ގުޅުން ހުރި އެހެން އިދާރާތަކުން ކަންކަން އިންތިޒާމު ކުރުމުގެ މުހިންމުކަން މަޖިލީހުގެ މެންބަރުން މިއަދުގެ ޖަލްސާގައި ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.