ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ޕެންޝަން ފަންޑުގެ ވާހަކަދައްކާ މީހުންނަށް އެފަންޑު ހިނގާގޮތް އެނގޭނެ، އެފަންޑުގައި ނަގުދު ފައިސާއެއް ނުހުންނާނެ: އަމީރު

5

ޕެންޝަން ފަންޑުގެ ވާހަކަދައްކާ މީހުންނަށްވެސް އެފަންޑު ހިނގާ ގޮތް ވަރަށް ރަނގަަޅަށް އެނގޭނެ ކަމަށާއި އެފަންޑުގައި (ލިކުއިޑް ކޭޝް) ނުވަތަ ނަގުދު ފައިސާ ނުހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އެންއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިިބްރާހީމް އަމީރު ވިދާޅުވީ ޕެންޝަން ފަންޑަށް ވަންނަ ފައިސާ އަކީ ކޭޝް ކޮށް ނެގޭ ގޮތަށް ހުންނަ ފައިސާއެއް ނޫން ކަމަށާއި އެފައިސާ ހުންނާނީ އެކި ކަންކަމަށް އިންވެސްޓުކޮށްފައި ކަމަށެވެ.

"ޕެންޝަން ފަންޑުން އެހިސާބުން އެބޭފުޅުންވެސް ޕޭކުރާނެ، މިސާލަކަށް ޕެންޝަން ފަންޑުން އެފައިސާ ދޭނެ ދުވަހަކާއި ޕްލޭން ކުރެވިފައި ހުންނާނީ. އެއާއެކު އެބޭފުޅުންގެ ޕެންޝަން ފަންޑުން ފައިސާ އިންވެސްޓު ކުރަމުން ދާނެ ގަވަމަންޓް ސެކިއުރިޓީޒް އާއި އަދި އެހެނިހެން ސެކިއުރިޓީޒް ތަކުގައި އިންވެސްޓް ކުރަމުންދާނެ. އެހެންވީމަ ޕެންޝަން ފަންޑުގައި ސީދާ ލިކުއިޑް ކޭޝްއެއް ނުހުންނާނެ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އެފައިސާގެ ވާހަކަ ދައްކާ މީހުންނަށް ވެސް އެފައިސާ އަކީ ނެގޭނެ އެއްޗެއް ނޫންކަން އެގޭނެ ކަމަށެވެ. އަދި ޕެންޝަން ފަންޑުން ފައިސާ ނެގުމަށްވުރެ މިހާރު ސަރުކާރުން ހަމަޖައްސާފައިވާ ރިލީފް ސްކީމްގެ ދަށުން ކުރިއަށް ގެންދިއުން މާރަނގަޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕެންޝަން ފަންޑާއި ގުޅިގެން މިނިސްޓަރު މިއަދުވެސް ވިދާޅުވީ އެފަންޑުން ފައިސާ ދޫކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި އިންވެސްޓު ކުރާ ފައިސާގެ ސަބަބުން ލިބޭ ފައިދާ ފަންޑުގައި ރަޖިސްޓްރީ ވެފައިވާ ފަރާތަތަކުގެ ފަންޑަށް އިތުރު ފައިސާގެ ގޮތުގައި ވަންނަމުންދާނެ ކަމަށްވެސް މިނިސްޓަރު އަމީރު ފާހަގަކުރެއްވި އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟