ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު

ޕެންޝަން ފަންޑުގައި ހުންނަ ފައިސާއަކީ އިންވެސްޓްކުރެވިފައި ހުންނަ ފައިސާ: ފިނޭންސް މިނިސްޓަރު

އައިދާ އަބްދުލް ހަކީމް

1

ޕެންޝަން ފަންޑުގައި ހުންނަ ފައިސާއަކީ އެކި ކަންކަމަށް އިންވެސްޓްކުރެވިފައި ހުންނަ ފައިސާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު އިިބްރާހީމް އަމީރު ވިދާޅުވީ ކޮންމެ މަހަކު ޕެންޝަން ފަންޑަށް ވަންނަ ފައިސާ ޖަމާވަމުންދާނެ ކަމަށާއި އަދި އެ ފައިސާ ދޭނެ ދުވަހަކާއި ޕްލޭންތައް ހެދިފައިވާނެ ކަމަށެވެ. އެހެންކަމުން އެފަންޑުގެ ފައިސާ ދައުލަތުގެ ސެކިއުރިޓީޒް އާއި އަދި އެހެނިހެން ސެކިއުރިޓީޒްތަކުގައި އިންވެސްޓް ކުރަމުންދާނެ ކަމަށެވެ.

"ޕެންޝަން ފަންޑުން އެހިސާބުން އެބޭފުޅުންވެސް ޕޭކުރާނެ މިސާލަކަށް ޕެންޝަން ފަންޑުން އެފައިސާ ދޭނެ ދުވަހަކާއި ޕްލޭން ކުރެވިފައި ހުންނާނީ. އެއާއެކު އެބޭފުޅުންގެ ޕެންޝަން ފަންޑުން ފައިސާ އިންވެސްޓު ކުރަމުން ދާނެ ގަވަމަންޓް ސެކިއުރިޓީޒް އާއި އަދި އެހެނިހެން ސެކިއުރިޓީޒްތަކުގައި އިންވެސްޓް ކުރަމުންދާނެ." މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ އެފައިސާގެ ވާހަކަދައްކާ މީހުންނަށް ވެސް އެފައިސާ އަކީ ނެގޭނެ އެއްޗެއް ނޫންކަން އެނގޭނެ ކަމަށެވެ. އަދި ޕެންޝަން ފަންޑުން ފައިސާ ނެގުމަށްވުރެ މިހާރު ސަރުކާރުން ދެމުން އަންނަ ރިލީފް މެކޭނިޒަމްއާއެކު ކުރިއަށް ގެންދިއުން މާރަނގަޅުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕެންޝަން ފަންޑާ ގުޅިގެން މިނިސްޓަރު މިއަދުވެސް ވިދާޅުވީ އެފަންޑުން ފައިސާ ދޫކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟