ޚަބަރު

ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން އަށް ބޭފުޅަކަށް ދެއްވައިފި

މުހައްމަދު އައުޒަމް

ނޫސްވެރިކަމުގެ އަލިމަސް ޝަރަފުގެ ގަލަން އަށް ބޭފުޅަކަށް ދެއްވައިފި އެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ބޭއްވި ޖަލްސާގައި އަލިމަސް ޝަރަފުގެ ގަލަން ލިބިވަޑައިގެންނެވި އަށް ބޭފުޅުންނަކީ

  • ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
  • ޑރ. މުހައްމަދު ޒާހިރު ހުސެން
  • އައްބާސް އިބްރާހީމް
  • ސީނާ އަހުމަދު ޒާހިރު
  • އިބްރާހީމް ރަޝީދު މޫސާ
  • އަބްދުﷲ ސޯދިގު (ސޯދުބެ)
  • ކޮޕީ މުހައްމަދު ރަޝީދު
  • އަބްދުﷲ ފާރޫގު ހަސަން

މިޖަލްސާގައި ނޫސްވެރިކަމުގެ އަލިމަސް ގަލަން އަށް ބޭފުޅަކަށް އަދި ރަން ގަލަން ނުވަ ބޭފުޅަކަށާއި އެކި ދާއިރާތަކުން މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ހާސިލްކުރި ނޫސްވެރިންނަށް ވެސް ވަނީ އެވޯޑް ދީފަ އެވެ.