ނޫސްވެރިކަމުގެ ރަން ގަލަން ނުވަ ބޭފުޅަކަށް ދެއްވައިފި އެވެ.
ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ރަން ގަލަން ލިބިވަޑައިގެންނެވި ނުވަ ބޭފުޅުންނަކީ
- "އާފަތިސް"ގެ ކުރީގެ އެޑިޓަރު ފެއަރީ އަހުމަދު ޒާހިރު
- ޕީއެސްއެމްގެ އެގްޒެކެޓިވް އެޑިޓަރު މުހައްމަދު ޖަމީލް
- "މިހާރު"ގެ މެނޭޖިން އެޑިޓަރު އަދި "ދޯ" މަޖައްލާގެ އެޑިޓަރު އިސްމާއީލް ނަސީރު
- "މިހާރު"ގެ ލޯކަލް އެޑިޓަރު އަހުމަދު ހަމްދޫން
- "ސަން އޮންލައިން"، "ވީނިއުސް" އަދި "އަވަސް"ގެ އެޑިޓަރުކަން ކުރައްވާފައިވާ އާދަމް ހަލީމް (މުންޑޫ)
- ރާއްޖެ ޓީވީގެ ސީއޯއޯއަކަށް ހުންނެވި ހުސެން ފިޔާޒު މޫސާ
- ސީއެންއެމް ވުޖޫދަށް ގެންނެވި އިސްމާއީލް ރަޝީދު
- "ހަވީރު" އަދި "މިހާރު"ގެ ސީނިއާ އެޑިޓަރުކަން ކުރައްވާފައިވާ އަހުމަދު އަބްދުﷲ ސައީދު
- "މިހާރު"ގެ ސީނިއާ އެސިސްޓެންޓް އެޑިޓަރު ފޮރިން ހަސަން އާމިރު
މިޖަލްސާގައި ނޫސްވެރިކަމުގެ އަލިމަސް ގަލަން އަށް ބޭފުޅަކަށް އަދި އަލިމަސް ޝަރަފުގެ ގަލަން އަށް ބޭފުޅަކަށާއި އެކި ދާއިރާތަކުން މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް ހާސިލްކުރި ނޫސްވެރިންނަށް ވެސް ވަނީ އެވޯޑް ދީފަ އެވެ.