މާލޭގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި މާރާމާރީގައި ޒަހަމުވި މީހާ އެގެއިން ނުކުމެގެން ދަނިކޮށް އަނބުރައިގަނެގެން މަގުމައްޗަށް ވެއްޓުމުން ފުލުހުންގެ ވެހިކަލުގައި ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައެވެ.
މި މާރާމާރީ ހިންގާފައިވާ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފަިއވަނީ ރޭ 1:54 ހާއިރު ކަމަށާއި މި މާރާމާރީ ހިންގާފައިވަނީ ޗާންދަނީ މަގުގައި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށެވެ.