ވަން ރެސިޕީ

ރެސިޕީ: ވެނީލާ ޗައި ސުމޫތީ

އަލީ ޔާމިން

އެކި ވައްތަރުގެ ސަޔަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު އެއްޗެކެވެ. އެގޮތުން ވެނީލާ ޗައި ސްމޫތީއަކީ ދިވެހިންގެ ތެރޭގައި އެހާ އާންމު ނޫނަސް، އަނގަޔަށް މީރު ފައިދާއިން ފުރިގެންވާ ބުއިމެކެވެ.

ވެނީލާ ޗާއި ސްމޫތީ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

2 ސައިފަތް ޕެކެޓު

1/4 ހޫނު ފެން

ވެނީލާ ބީންސް ނުވަތަ އެސެންސް

1 ޖޯޑު އައިސް ކިއުބް

1 ޖޯޑު ލޯފެޓް ވެނީލާ ޔޯގަޓް

މުގުރި ފޮނިތޮށި (ސާވްކުރަން)

ތައްޔާރުކުރާނެ ގޮތް:

ޖަގަކަށް ހޫނުފެން އަޅާފައި އެއަށް ސައިފަތް ޕެކެޓް ލުމަށްފަހު މަތިޖަހާފައި 5 ވަރަކަށް މިނެޓު ބަހައްޓާލާށެވެ. ދެން ސައިފަތް ޕެކެޓުތައް ނަގައި، ޖަގުގައި ހުރި ސައިފަތުފެން ހިހޫވަންދެން ބަހައްޓާށެވެ. އޭގެ ފަހުގައި ބްލެންޑަރެއްގައި ޔޯގަޓް، ވެނީލާ ބީންސް، އައިސްކިއުބް، އަދި ޖަގުގައި ހެދި ސައިފަތުފެން ފޮދު އެކުވަންދެން ގިރާލާށެވެ. ދެން ވަކިވަކި ތައްޓަށް އެޅުމަށްފަހު މައްޗަށް ފޮނިތޮށި އަޅައި ސާވްކުރާށެވެ.

ވެނީލާ ޗައި ސްމޫތީއަކީ ގިނަ އަދަދެއްގެ ޕްރޮޓީންސް އެކުލެވޭ ބުއިމެކެވެ.