ޝަހީދާ އަބްދުﷲ ސައީދު
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްްޕުޅުން ޖުޑީޝަލްސަރވިސް ކޮމިޝަންގެ މެންބަރުކަމަށް، ސ. ހިތަދޫ ފިތުރޯނުގެ އަލްއުސްތާޛު މަސްތޫރު ހުސްނީ މިއަދު ހަމަޖައްސަވައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް މަސްތޫރު ހުސްނީ އައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވާ މަސްތޫރު ހުސްނީ ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވައިފަ އެވެ.
މަސްތޫރަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ މަސްތޫރު ހުސްނީއާ ވަނީ ހަވާލުކުރައްވައިފައެވެ.