މިރެއިން ފެށިގެން، ދަންވަރު 1:00 އިން ފެށިގެން ހެނދުނު 9:00 އަށް ސިނަމާލެ ބުރިޖުން އާންމުންނަށް ދަތުރު ފަތުރު ނުކުރެވޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، މާލެއިން ހުޅުމާލެއާ ދެމެދު ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ބުރިޖު ކޮވިޑް 19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، ދަންވަރު 1:00 އިން ފެށިގެން ހެނދުނު 9:00 އާ ދެމެދު ދަތުރު ނުކުރެވޭ ގޮތަށް ހަމަަޖއްސާފައި ވަނީ 2 ހަފުތާގެ މުއްދަތަަކަށް ކަމަށެވެ.
ފުލުހުން ބުނީ އެ ވަގުތު ތަކުގައި ބުރިޖު ދަތުރު ކުރެވޭނީ ކޮވިޑް 19 އާ ގުޅިގެން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އާންމު ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ސަލާމަތީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދަށް އިއުލާނު ކުރި ދެވަނަ ލޮކްޑައުންގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު އެ މުއްދަތު ވަނީ އިތުރު 14 ދުވަހަށް އިތުރުކޮށްފައެވެ. ކުރިޔަށް އޮތް ހަފްތާގައި ކޮވިޑް އިތުރަށް ފެތުރިގެން ގޮސްދާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.