ވަން ރެސިޕީ

ވަން ރެސިޕީ: އިޓާލިއަން މެކް އެންޑް ޗީޒް

އަލީ ޔާމިން

ޕާސްތާ އަދި ޗީޒް އެކުލެވޭ ކެއުންތަކަކީވެސް ދިވެހިންގެ ތެރޭގައި މަގުބޫލު ކެއުންތަކެވެ. އެގޮތުން އިޓާލިއަން މެކް އެންޑް ޗީޒްއަކީ ގިނަ ބަޔަކަށް ކަމުދާ ކެއުމެކެވެ. މިއަދު ވަން ރެސިޕީގައި މި ގެނެސްދެނީ މި ކެއުން ތައްޔާރުކޮށްލާނެ ގޮތެވެ.

ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

2 ޖޯޑު މިންސް ބީފް

1 ޖޯޑު ޝްރެޑާ ޗީޒް (ކުދިކޮށް ގާނާފައި)

ޝެލް ޕާސްތާ ޕެކެޓެއް (ހޫނުފެނުގައި ކައްކައި ރޯފިލުވާފައި)

2 ލޮނުމެދު ކޮޅު (ކުދިކޮށް ޗަސްކޮށް ކޮށާފައި)

1 ފިޔާ (ތުނިކޮށް ކޮށާފައި)

1 ޖޯޑު ޓޮމާޓޯ ޕޭސްޓް

1 ޖޯޑު ހޫނު ފެނުގައި ގިރާފައިހުރި ޗިކަން ސްޓޮކް

1/2 ޖޯޑު ހެވީ ކްރީމް

1 ޖޯޑު މޮޓްޒަރެއްލާ (ގާނާފައި)

1 ބެލް ޕެޕާ (ކުދިކޮށް ކޮށާފައި)

ކުޑަ ތެޔޮފޮދެއް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ އުދުން މަޑުގިނީގައި ޖައްސައި، ކުޑަ ތެޔޮކޮޅެއް އެޅުމަށްފަހު ތާހެއްގައި ނުވަތަ ތެއްޔެއްގައި ބީފްކޮޅު ރޯފިލުވާލާށެވެ. ބީފްކޮޅު ރަނގަޅަށް ރޯފިލުމުން ތާހުގެ ތެރެއަށް ފިޔާ، ލޮނުމެދު، ބެލްޕެޕާ އަޅައި ފަސްމިނެޓު ނުވަތަ ހަތް މިނެޓު ވަންދެން މީރުކޮށްލާށެވެ. ދެން މީގެތެރެއަށް ކައްކާފައި ހުރި ޕާސްތާއާއި، ޓޮމާޓޯ ޕޭސްޓް އަދި ޗިކަން ސްޓޮކް އަޅައި ރަނގަޅަށް އެއްކޮށްލާނީއެވެ. އެއަށް ފަހު ތާހުގެ ނުވަތަ ތެލީގެ މަތިޖަހައި ދިހަ ވަރަކަށް މިނެޓު ކައްކާލާށެވެ. ފެންގަނޑު ކުޑަކޮށް ހިދެން ފެށުމުން ގާނާފައިހުރި މޮޓްޒަރެއްލާ އަދި ޝްރެޑާ ޗީޒް އަޅައި އެއްކޮށްލާށެވެ. މިހާރު ތިހުރީ އިޓާލިއަން މެކް އެންޑް ޗީޒް ތައްޔާރު ކުރެވިފައެވެ.