ޚަބަރު

އަށް ގައުމަކަށް ކަނޑައެޅުއްވި ސަފީރުންނަށް މަޖިލީހުން ރުހުން ދީފި

އަހުމަދު ޖައިޝަން

ބޭރު ގައުމުތަކަށް ރާއްޖެއިން ސަފީރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިދިޔަ ހަފްތާގައި ކަނޑައެޅުއްވި އަށް ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

ބޭރު ގައުމުތަކަށް ސަފީރުން ކަނޑައެޅުމަށް ފޮނުއްވާފައިވާ ނަންފުޅުތަކާއި ވޯޓު ދެއްވި ގޮތުގެ މައުލޫމާތު އެވަނީ ތިރީގައެވެ.

1. ބްރަސަލްސްއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމަށް

ހަސަން ސޯބިރު، ގ.ފިޔާތޮށިގެ - ވޯޓު ދެއްވި 59 މެމްބަރުންގެ އިއްތިފާގުން

2. އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

އާއިޝަތު މުހައްމަދުދީދީ، ހ.ދޫރިހާ - ވޯޓު ދެއްވި 60 މެމްބަރުންގެ އިއްތިފާގުން

3. ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

ޑޮކްޓަރ އަބްދުﷲ މައުސޫމް، ދަފްތަރު ނަންބަރު 4336 - ވޯޓު ދެއްވި 60 މެމްބަރުންގެ އިއްތިފާގުން

4. ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

އަހުމަދު ލަތީފް، ހ.ސީވީޑް - ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުން

5. އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

ޑޮކްޓަރ ފަރަހަނާޒް ފައިސަލް، ހ.އަމީނީގެ - ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުން

6. އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

ތިލްމީޛާ ހުސައިން، މ.ނޫހިރި - ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުން

7. މެލޭޝިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

ވިސާމް އަލީ، ހ.އާޒާދުވާދީ - ވޯޓުގައި ބައިވެރިވި 58 މެމްބަރުންގެ އިއްތިފާގުން

8. ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް

އުމަރު އަބްދުއްރައްޒާގު، ހ.ހިކިފިނިފެންމާގެ - ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުން