ޚަބަރު

އިމިގްރޭޝަނަށް ހުށަހަޅާފައިވާ ޕާސްޕޯޓްތައް ދޫކުރަން ފަށައިފި

އައިދާ އަބްދުލް ހަކީމް

ވިސާ ޖެހުމަށްޓަކައި އިމިގްރޭޝަނަށް ހުށަހަޅާފައިވާ ޕާސްޕޯޓުތައް ދޫކުރަން ފަށައިފިއެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ތިބި ބިދޭސީން އެމީހުންގެ ގައުމަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނާތީ، ވިސާ ޖެހުމަށްޓަކައި އިމިގްރޭޝަނަށް ހުށަހަޅާފައިވާ ޕާސްޕޯޓްތައް ދޫކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ.

އެގޮތުން ޕާސްޕޯޓުތައް ދޫކުރުމަށް ހަމަޖައްސާފައިވަނީ ކޮންމެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހެއްގެ ހެނދުނު 11:00 އިން މެންދުރު 13:00 އަށް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހު ޕާސްޕޯޓުތައް ދޫކުރަން ފަށާފައިވާއިރު 164 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އޭގެތެރޭގައި ހިމެނެނީ ވޯކް ވިސާއަށް ހުށަހެޅި 150 ޕާސްޕޯޓާއި އެހެނިހެން ވިސާތަކަށް ހުށަހަޅާފައިވާ 9 ޕާސްޕޯޓް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އަދި އިއްޔެ 94 މީހެއްގެ ޕާސްޕޯޓް ދޫކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ވޯކް ވިސާއަށް ހުށަހަޅާފައިވާ 85 ޕާސްޕޯޓާއި ޑިޕެންޑެންޓް ވިސާއަށް އެދި ހުށަހަޅާފައިވާ 9 ޕާސްޕޯޓު ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން ވަނީ އެމީހުންގެ ގައުމަށް އަނބުރާ ގެންދަން ފަށައިފައެވެ.