ބޭރު ގައުމު ތަކަށް ރާއްޖެއިން ސަފީރުން އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި އިތުރު ތިން ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އަލަށް ރާއްޖެއިން ސަފީރުން އައްޔަން ކުރެއްވުމަށް ހަމަޖެހިފައިވަނީ ތައިލެންޑް އާއި ޗައިނާ އަދި ސައުދީ އަރަބިއްޔާއަށެވެ. އެ ބޭފުޅުންނަކީ؛
1. ކިންގްޑަމް އޮފް ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު - މއ. ތިބްރޯޒް، މުހައްމަދު ޖިނާހް
2. އަރަބިއްޔަތުއް ސުއޫދިއްޔާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު - ގ. އުތުރުގެއާގެ، މުހައްމަދު ހަލީލު
2. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު - މ. ބިނާފުށި، އާއިޝަތު އަޒީމާ
އެ މައްސަލަ ދިރާސާ ކުރެއްވުމަށް ގައުމީ ސަލާމަތުގެ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
ރައީސް ސޯލިހް ވަނީ މިދިޔަ ހަފްތާާގައި އަށް ގައުމަކަށް ސަފީރުން އައްޔަން ކުރެއްވުމަށް ނަންތައް މަޖިލީހަށް ފޮނުއްވާފައެވެ.