ޚަބަރު

ލޮކްޑައުން އަމުރުތަކަށް ނުކިޔަމަންތެރި ވި 151 މީހަކު އިއްޔެ ޖޫރިމަނާ ކުރި

މަރިޔަމް ޝަހުދާ

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ކޮށްފައިވާ ލޮކްޑައުންގެ އަމުރުތަކަށް ނުކިޔަމަންތެރިވުމުގެ ސަބަބުން އިއްޔެ 151 މީހަކު ޖޫރިމަނާ ކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި 151 މީހަކު ޖޫރިމަނާ ކުރުމުގެ އިތުރުން، ލޮކްޑައުން އަމުރުތަކަށް ނުކިޔަމަންތެރި ވި ހަތަރު މީހަކު ވަނީ އިއްޔެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މިހާތަނަށް ލޮކްޑައުންގެ ހާލަތުގައި ޖުމުލަ 197 މީހަކު ލޮކްޑައުންގެ އަމުރުތަކަށް ނުކިޔަމަންތެރި ވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މާލެ ސަރަހައްދު ލޮކްޑައުން ކުރުމުގެ ފަހުން ފުލުހުން ވަނީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފަށައިފައެވެ. ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތެއްގައި ބޭރަށް ނިކުމެ އުޅުމުގައި ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅައިފައެވެ.