ވަން ރެސިޕީ

ވަން ރެސިޕީ: އަލަނާސި ކޭކް

އަލީ ޔާމިން

އަލަނާސި ކޭކަކީވެސް ގޭގައި ތިބެގެން ފަސޭހައިން ތައްޔާރުކޮށްލެވޭނެ އަނގަޔަށް މީރު ކާނާއެކެވެ. މިއަދު ވަން ރެސިޕީގައި މި ގެނެސްދެނީ އަލަނާސި ކޭކު ތައްޔާރުކުރާނެ ގޮތެވެ.

އަލަނާސި ކޭކު ތައްޔާރުކުރުމަށް ބޭނުންވާނެ ތަކެތި:

250 ގްރާމް ފުށް

1 އަލަނާސި ދަޅު

1 ސައިސަމްސާ ވެނީލާ އެސެންސް

50 ގްރާމް ހަކުރު (މުގުރާފައި)

1 ސައިސަމްސާ ބޭކިން ޕައުޑަރު

3 ބިސް

1 ޖޯޑު ގެރިކިރު

200 ގްރާމް ބަޓަރު

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ފުށާއި ބޭކިން ޕައުޑަރު އެއްކޮށް ފުރާނާލާނީއެވެ. އޭގެ ފަހުގައި ހަކުރާއި، ބަޓަރު އެއްކޮށް އޮމާން ވަންދެން ގިރުމަށްފަހު ބިހާއި ފުށް އަދި ގެރިކިރު ކުރީގެ ބަޔާއި އެއްކޮށްގެން އޮމާންވަންދެން ގިރާލާނީއެވެ. ދެން އޭގެތެރެއަށް އެސެންސް އަދި އަލަނާސި ދަޅުގެ 2/1 އެއްކޮށްލާށެވެ. އެއަށް ފަހު ކޭކު ފިހާ ޓްރޭއަށް ހަތަރު މޭޒުމަތީ ސަމުސާ ހަކުރު އެޅުމަށްފަހު އުނދުން މައްޗަށް އުދާފައި ކުޑަކޮށް ރަތްވެލުމުން ބާލާށެވެ. ދެން ޓްރޭގައި އަލަނާސި ފޮތިތައް އަތުރައިލުމަށްފަހު ކޮންމެ އަލަނާސި ފޮއްޗެއްގެ ތެރެއަށް ޗެރީ ފަޅިއެއް ލުމަށް ފަހު ކޭކް ފުށްގަނޑު އޮއްސާލާށެވެ. އޭގެ ފަހުގައި އަވަނުގައި ފިހެލާނީއެވެެ. މިހާރު އެހުރީ އަލަނާސި ކޭކު ތައްޔާރުވެފައެވެ.