ޚަބަރު

ޖަލު ހުކުމެއް ތަންފީޒުކުރަމުން ދިޔަ 92 އަހަރުގެ މީހަކު މަރުވެއްޖެ

އަލީ ޔާމިން

1

ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދު ވިދާޅުވީ، ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވެފައި ވަނީ އުމުރުން 92 އަހަރުގެ މީހެއް ކަމަށެވެ.

ކޮމިޝަނަރު ވިދާޅުވީ، އެމީހާ މަރުވީ ރޭގެ ވަގުތެއްގައި ކަމަށާއި، އޭނާ މަރުވީ މުސްކުޅިބަލީގައި ކަމަށެވެ.

މީގެ އިތުރުން ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދު ވިދާޅުވީ، އެ މީހާ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވުމާ ގުޅިގެން އަމަލުކުރަން ޖެހޭ ގޮތާއި އެއްގޮތަށް، ކަމާއި ބެހޭ ފަރާތްތަކަށް އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނީ، އެމީހާ މަރުވިކަން ކަރެކްޝަންސް އިން އެންގުމުން އެ ކޮމިޝަންގެ ޓީމެއް ހުޅުމާލޭ ހޮސްޕިޓަލަށް ރޭ ދިޔަ ކަމަށެވެ.

ރޭ މަރުވި މީހާ އާއި ބެހޭ އިތުރު މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟